ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މެޑިކާ އޮސްޕިޓަލްގައި ޤާސިމް އެޑްމިޓްކުރީ ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކެވުމަށް ވަޑައިގަތުމުން ދާދި ދެންމެއަކުއެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެންނެވިއިރު ވެސް ޤާސިމްގެ ޕްރެޝަރު ހުރީ ވަރަށް މަތީގައި ކަމަށް މަޢުލޫމާތުލިބެއެވެ. ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށްޓަކައި އީސީޖީ ނެގުމަށް ފަހު، މިހާރު އަންނަނީ އިތުރު ޓެސްޓްތަކެއް ހަދަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ރާއްޖެއެމްވީއަށް ވިދާޅުވީ ޤާސިމް އެޑްމިޓް ކޮށްފައިވަނީ އޮފީހަށް ވަޑައިގަންނަވަނިކޮށް ބޯ އަނބުރަައި، ހޮޑުލަވާ ގޮތްވެ، އަދި ނޭވާ ކުރުވާން ފެށުމުން ކަމަށެވެ.

ޤާސިމް އެޑްމިޓްކޮށްފައި މިވަނީ އޭނާގެ މައްޗަށް ކުރާ ތިން ދަޢުވާގެ ތެރެއިން އެއް ދަޢުވާއެއްގެ ޝަރީއަތެއް މިއަދު މެންދުރު 2:00 ގައި ބާއްވަން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނިކޮށެވެ.

މިއަދު ބާއްވަން ހަމަޖައްސާފައި އޮތީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާގެ ޝަރީއަތެއް ކަމަށް ގާސިމްގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz