ހދ.ވައިކަރަދޫގައި ހުންނަ އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރަކު ދަރިވަރުން ކައިރީގައި “ކަލާންގެ ދައްކާށޭ” ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުން ކައިރީގައި ދީނާއި ޚިލާފް ވާހަކަ ދައްކާފައިވަނީ ބިދޭސީ ޓީޗަރެކެވެ. އޭނާ ވަނީ “ކަލާންގެ ކޮބާހޭ، ކަލާންގެ ދައްކާށޭ، ކަލާންގެ އަށް ގުޅާށޭ” ކިޔާފައި ދަރިވަރުންނާ ވާހަކަ ދައްކާފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ރޭ ފުލުހަށް ހުށައެޅިފައިވާ ކަމަށާއި، އެމައްސަލަ މިހާރު ދަނީ ތަޙްޤީޤްކުރަމުންދާކަމަށާއި އަދި  މިވަގުތު އިތުރުމަޢުލޫމާތެއް ދެންވެން ނެތްކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ތަޙްޤީޤް ކުރަމުންދާއިރު އެޑިޔުކޭޝަނަށްވެސް މި މައްސަލަ ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz