މަލިކާގެ މޭކަޕް އާޓިސްޓް ހަފްސާ

ރީތި ވުމާއި، ރީތި ކުރުމަކީ ބައެއް މީހުން ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އެގޮތުން ދިވެހި ފިލްމް މަލިކާގެ މެކަޕް އާޓިސްޓް ކުޅުދުއްފުށީ އިނގުރުގެ، ހަފްސާ ސަޢީދު (ހަފޫ) އަކީ ބިއުޓީގެ ދާއިރާއިން ކުޅުދުއްފުށީގައި އާ ނަމަކަށް ނުވާނޭކަން ކަށަވަރެވެ. އެހެން ގޮތަކަށް ބުނަނީނަމަ ކްއީން އެވެ.

ބިއުޓީ ތެރަޕީގެ ދާއިރާއިން ތައުލީމް ހާސިލް ކޮއްފައިވާ ހަފޫ، ކްއީން ގެ ނަމުގައި ކުޅުދުއްފުށީގައި ދަނީ ޚިދުމަތް ދެމުންނެވެ. ހަފޫ ދެމުން ގެންދިޔަ ޚިދުމަތްތައް މިހާރު ވަނީ އިތުރު ކޮށްފައެވެ. އެނާގެ އަމިއްލަ ރަށުގައި މި މަސައްކަތް ފަށައިގަތް އިރު ފެށީ ހަމަ އެކަނި މޭކަޕް ކުރުމާއި ހެއާރ ސްޓައިލް ކުރުން އަދި ހިޖާބް އެޅުވުމުންނެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެމަސައްކަތް ފުޅާކޮށްފައެވެ. ހަފޫ އިތުރުކުރި ޚިދުމަތްތަކުގެތެރޭގައި އަންހެނުންގެ ބޯކޮށުން، ޕެޑިކިއަރ، ބްރައިޑަލް މޭކްއޯވަރ،  ފޭސް ކްލީންއަޕް އަދި އިސްތަށިގަނޑުގައި ކުލަ ޖެއްސުން ހިމެނެއެވެ.

މިއިން ކޮންމެ ޚިިދުމަތެއް ބޭނުންވާ ފަރާތަކުންވެސް ހަފޫގެ ފޭސްބުކް ޕޭޖް ކްއީން (Queyn) އަށް މެސެޖް ކޮއްލުމުން ނުވަތަ ގުޅާލުމުން ލިބިގެންދާނެއެވެ. ނުވަތަ އިންސަޓަގްރާމް ކްއީން-އޮފިޝިއަލް (queyn-official) އަށް މެސެޖް ކޮއްލުމުން ލިބިގެންދާނެކަމަށް ހަފޫ މަޢުލޫމާތުދެއެވެ.

މި މަސައްކަތުގައި އެންމެ ސަޕޯޓެއް ލިބެނީ އާއިލާ އާއި ބޯއީފްރެންޑް ގެ ފާރާތުންކަމަށާއި، ރައްޓެހިންނާއި، ކަސްޓަމަރުން އަދި ސްކިން ކޭންޑީ، ލުބްނާ އާއި ސްޓައިލްސް އެންޑް ޕްރޮފައިލްސް އައިޝާގެ އެހީތެރިކަން ޝުކުރުވެރިކަމާއެކު ހަފޫ ފާހަގަކުރިއެވެ.

މި މަސައްކަތަށް ބެނުންވާ ތަކެތި ހޯދުމުގައްޔާއި އަދި އެހެނިހެން އެކި ގޮންޖެހުން ތަކާއި އެކު ވެސް ހަފޫ މި ޚިދުމަތްތައް މިވަގުތު ދެމުންދަނީ ހަފޫގެ ގޭގެ އިތުރުން ކަސްޓަމަރުންގެ ގޭގެއަށް ގޮސްގެންނެވެ.  ނަމަވެސް މުސްތަގުބަލްގައި މި ޚިދުމަތް ތަކަށް ހާއްސަ ތަނެއް ހެދިގެން ދާނެކަމަށް އުންމީދު ކުރާކަމަށް ހަފޫ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
އަބްދުއްލަޠީފް
އަބްދުއްލަޠީފް

ހަފްސާ ސަޢީދު (ހަފޫ) މިދާއިރާއިން ބާއްޖަވެރި ކުރިމަގަކަށް އެދެން

wpDiscuz