ހއ.ބާރަށު ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެރަށުގައި ފަށައިފިއެވެ.

މި ސެޕްޓެމްބަރ 26  ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ އައު މަންހަޖުގައި ވާގޮތުން ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖެއްގެ ގޮތުގައި ހެދުމުގެ ގޮތުން ބާރަށު ސްކޫލާއި، ބާރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެރަށު ސްކޫލްގައި ތަޢުލީމް ޙާޞިލްކުރަމުންދާ ގްރޭޑް 1، 2 އަދި 3 ގެ ޖުމްލަ 70 ދަރިވަރުން ބައިވެރިވެއެވެ.

ބާރަށު އުތުރު ފަރާތު މޫދު ސަރަޙައްދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކްލާސްތައް ކުރިއަށް ގެންގޮސްދެނީ ބާރަށު ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންގެ ތެރެއިން ސްވިމިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކޮށްފައިވާ ފުލުހުންނެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި ބާރަށު ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz