ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރު ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ރާއްޖޭގައި ދެމުންއަންނަ “މައިލޯ ކަލާސް އެވޯޑް” ގެ އައުޓްސްޓޭންޑިންގ ކުޅުދުއްފުށީ އެތްލީޓެއްކަމަށްވާ ނަޝާ ނިޒާރަށް ލިބިއްޖެއެވެ. ނަޝާވަނީ މިއަހަރުގެ މައިލޯ ކަލާސް އެވޯޑްގެ ގަދަ 4 ވަނާގައި ހިމެނިފައެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި މި އަހަރުގެ ކަލާސް އެވޯޑް ހަފްލާގައި ނަޝާއަށްވަނީ 3 އެވޯޑެއް ލިބިފައެވެ. އެއީ އައުޓްސްޓޭންޑިންގ އެތްލީޓް، އަންޑަރ 18 ވިނަރ އަދި ސްޕެޝަލް އެވޯޑެވެ.

ނަޝާ ނިޒާރަކީ ރާއްޖޭގެ ޖޫނިއާ ލެވެލްގެ އެންމެ ބާރު އަންހެން ދުވުންތެރިޔާއެވެ. އޭނާވަނީ މި އަހަރު ޖުލައި މަހުގެ 26 ން 29 ށް އައްޑޫ ސިޓީގައި ކުރިއަށްދިއަ މަކިޓާ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އަންހެން އެތުލީޓްގެ މަޤާމް ހޯދާފައެވެ. ނަޝާވަނީ  ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް ފަހަތަށް ޖައްސާލުމަށްފަހު މިދިއަ އަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުންވެސް ކާމިޔާބުކޮށްފައެވެ.

ނަޝާއަކީ މިދިއަ އަހރު ބޭއްވި އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓެވެ. އަދި އޭނާ ވަނީ އެގޭމްސްގައި 26.17 ސިކުންތުން ރޭސް ނިންމައި އޭނާ ވަނީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 200 މީޓަރު ދުވުމުން ރެކޯޑް އާކޮށްފައެވެ.

ނަޝާ އިތުރުން ރާއްޖޭގެ ޖޫނިއަރ ލެވެލްގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާ، ކުޅުދުއްފުށީ އަނޫފްވަނީ މިދިއަ އަހަރު ކަލާސް އެވޯޑް ހޯދާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz