އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ އޮފީހެއް ކުޅުދުއްފުށީގައި މިއަދު ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

ނޮދަރން ރީޖަނަލް އޮފީސްގެ ނަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކުރި މިއޮފީސް ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އުސެއިދުއެވެ.

މިއޮފީސް ހުޅުވިގެން ދިޔުމުން މާލެ އަދި ރާއްޖޭއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ރެފަރކުރާ ބަލި މީހުންނަށް އާސަންދައިގެ ހުރިހާ ޚިދުމަތެއް ހަމަޖައްސާދޭނީ މި އޮފީހުނެވެ. އެގޮތުން ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި، ބަލިމީހާއަށް ޖަވާބުދާރީވާނީ މި އޮފީހުންކަމަށް އާސަންދައިން މަޢުލޫމާތުލިބެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުސެއިދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުވެގެން ދިއުމުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ އަދަދު މަދުވެގެން ދާނެކަމަށެވެ. އަދި ޓާގެޓަކީވެސް އެއީކަމަށެވެ. އަދި ހޮސްޕިޓަލްގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާކަން އުސައިދު ފާހަގަކުރެއްވިއެވެ.

އާސަންދަ ނޮދަރން ރީޖަނަލް އޮފީސް ހުޅުވުމުގެ މިރަސްމިއްޔާތުގައި،  ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވެރިންނާއި، އާސަންދައިގެ އިސް ބޭފުޅުންގެ އިތުރުން ހދއަތޮޅު ކައުންސިލް އަދި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz