ކުޅުދުއްފުށީ ކްއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވާ “ކްއަންޓަމް ވެޓަރަންސް ފުޓްސަލް ކަޕް 2017” ފަށައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގައި ރޭ ފެށި މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ އެޑްމޭން އަދި ޓީމް ވައިބަރއެވެ. މިމެޗް 8-3 ން ކާމިޔާބުކޮށްފައިވަނީ އެޑްމޭންއެވެ. ރޭކުޅުނު ދެވަނަ މެޗްގައި ޓީމް މާޒިޔާ އަދި ޓީމް ސްޕީޑް ބައްދަލުކޮށް 6-3 ން މެޗް ކާމިޔާބުކުރީ މާޒިޔާއެވެ.

މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް ބިގްފުޓް އަދި ޓައްޓައްއެވެ. އަދި މިރޭގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ޓިމް އައިފޮޓޯ އަދި ޓީމް ފެހިދޫލައެވެ.

35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 8 ޓީމެއް ވާދަކުރެއެވެ. މިދިއަ އަހަރުގެ މުބާރާތުގައިވެސް 8 ޓީމް ވާދަކޮށްފައިވެއެވެ. މިދިއަ އަހަރުގެ ޗެމްޕިއަން ޓީމަކީ އެފްސީ ކިކްއޮފްއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz