ހދ.ހިރިމަރަދޫ ކައުންސިލް އިދާރާ / ފޮޓޯ: މުޙައްމަދު ވަހީދު

ހދ.ހިރިމަރަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކައުންސިލްގެ ޒިންމާދާރު ވެރިޔާ ޙަސަން ނިޒާރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި، އެރަށު ކޯޓްގެ އަމުރަކަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހައްޔަރުކުރުމުގެ އަމުރެއް އެރަށު ކޯޓުން ނެރެފައިވަނީ އެކޯޓްގެ ހުރުމަތް ކެނޑިކަމަށް ބުނެއެވެ.

ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ކޯޓްގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އެކައުންސިލްގެ ޒިންމާދާރު ވެރިޔާ މިހާރު ހުރީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި އެއަމުރުގައި އޭނާވެސް ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އޭނާ ހުންނެވީ ފުލުހުންގެ ހައްޔަރެއްގައެއް ނޫނެވެ. ކައުންސިލް އިދާރާއިން ކޯޓަށް ނުވަދެވޭގޮތަށް ފާރެއް ރޭނި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރިނަމަވެސް ކައުންސިލްގެ ރައީސް ވަހީދު ވަނީ އެކަން ދޮގުކުރައްވާފައެވެ. ކައުންސިލް އިދާރާއިން ކޯޓަށް ނުވަދެވޭގޮތަށް ފާރެއް ރޭނި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރިނަމަވެސް ކައުންސިލްގެ ރައީސް ވަހީދު ވަނީ އެކަން ދޮގުކުރައްވާފައެވެ.

މިނޫހަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރިއަށްދާކަމަށެވެ. އަދި އެމައްސަލާގައި ކުރަންޖެހޭ ތަހްޤީޤް ކުރިއަށްދާކަމަށެވެ. ނަމަވެސް އިތުރު މަޢުލޫމާތެއް ހިއްސާއެއް ނުކުރައްވައެވެ.

ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓް ހުންނަނީ ކައުންސިލް އިދާރާއާ އެއް އިމާރާތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz