ހދ.އަތޮޅު ތަޢްލީމީ މަރުކަޒްގައި އިއްޔެ ބޭއްވި ކާބޯތަކެތީގެ މަރުކަޒަކާއި އޭތިމީތި ސޭލް އިން 112،593.50 ރުފިޔާ ލިބިއްޖެއެވެ.

އެ ސްކޫލްގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އިއްޔެ މެންދުރުފަހު އެސްކޫލްގައި ކުރިއަށް ގެންދިއަ މިހަރަކާތުގައި18 ސްޓޯލެއް ހުއްޓެވެ. މިހަރަކާތުން އެންމެ ގިނަ ރުފިޔާ ހޯދައިފައިވަނީ ގްރޭޑް 1 ގެ ބެލެނިވެރިންނެވެ. އެއީ 16،872 ރުފިޔާ އެވެ.

މި މައުރަޒުގައި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗާއި، ރާއްޖޭގައި ހައްދާ ބާވަތްތަކުގެ އިތުރުން އަންނައުނާއި ހިފާ ގެންގުޅޭ ސާމާނާއި ގަސްފަދަ ތަކެތި ވަނީ ވިއްކާފައެވެ.

މި ހަރަކާތުން ލިބުން ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އެސްކޫލްގެ ކްލާސްރޫމްތަކުގައި ހަލާކުވެފައި ހުރި ޓީވީ ބަދަލުކުރުމަށާއި، ސްކޫލް ގޯތިތެރޭގައި ގާ އެތުރުމަށް އަދި ކްލާސް ރޫމްތަކުގައި ބޯޑް ހަރުކުރުމަށްކަމަށް އެސްކޫލުން މަޢުލޫމާތުލިބެއެވެ.

އެސްކޫލްގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު ހިންގި ސްޓިކަރ ވިއްކުމުގެ ހަރަކާތުންވަނީ 70،000 ރުފިޔާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz