ކުޅުދުއްފުށީ ކްއަންޓަމް ފިހާރައިން އިންތިޒާމް ކޮށްގެން ބޭއްވި “ކްއަންޓަމް ވެޓަރަންސް ފުޓްސަލް ކަޕް 2017” ގެ ޗެމްޕިއަންކަން ބިގްފުޓް ހޯދައިފިއެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ބިގްފުޓް ހޯފާދައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓްސަލް އެރީނާގައި މިރޭ ކުޅުނު ފައިނަލް މެޗްގައި އެޑްމޭންއާ ވާދަކޮށް 7-6 ން މެޗް ކާމިޔާބުކޮށްގެންނެވެ.

35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި 8 ޓީމެއް ވާދަކޮށްފައިވާއިރު، މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ފެހިދޫލައިގެ ޖ.ނަމްބަރ 11 އަސްލަމް މުޙައްމަދު، ބިގްފުޓްގެ ޖ.ނަމްބަރ 69 ޢަލީ ޒިޔާދު، އެޓީމްގެ ޖ.ނަމްބަރ 23 ޢަލީ ޝިޔާމް، އެޑްމޭންގެ ޖ.ނަމްބަރ 11 އަޙްމަދު މުޙައްމަދު އަދި އެޓީމްގެ ޖ.ނަމްބަރ 9 އަޙްމަދު ޙުސައިންއެވެ.

މުބާރާތުގެ 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފެހިދޫލައިގެ ޖ.ނަމްބަރ 6 ޢަލީ މުޙައްމަދު ހޮވިފައިވާއިރު، 18 ގޯލް ޖަހައިގެން ޓޮޕް ސްކޯރަރއަކަށް ހޮވިފައިވަނީ ފެހިދޫލައިގެ ޖ.ނަމްބަރ 11 އަސްލަމް މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz