ހދ.އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ނޮޅިވަރަންފަރުގެ މައްޗަށް ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް (ސްކައި) ކުރި ހޯދައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް 2 ގެ ފުރަތަމަ މެޗް އަދި މުބާރާތުގެ ދެވަނަ މެޗް ސްކައި އިން ކާމިޔާބުކުރީ ނޮޅިވަރަންފަރާ ވާދަކޮށް    1-0 ންނެވެ. އެއީ މެޗްގެ 55 ވަނަ މިނެޓްގައި ސްކައިގެ އިބްރާޙީިމް ތާއިފް އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު  ޕެނަލްޓީ އަކުން ފަރުހަތު މުޙައްމަދި (ފަރޭ) ކާމިޔާބުކޮށްދިން ގޯލެކެވެ.

މިމެޗްގައި ދެޓީމަށްވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކައި ގެ ޖ.ނަމްބަރ 17 އިބްރާޙީިމް ތާއިފްއެވެ.

މިއަދު ކުޅޭ މި މުބާރާތުގެ 3 ވަނަ މެޗްގައި ވާދަ ކުރާނީ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އަދި ކުރިނބީއެވެ. މެޗް ފެށޭނީ 15:50 އެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.