ފޮޓޯ: ޓީމް ހަނިމާދޫ

ހދ.އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ހިރިމަރަދޫގެ މައްޗަށް ހަނިމާދޫ ކުރި ހޯދައި ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މި މެޗް ހަނިމާދޫ އިން ކާމިޔާބުކުރީ 3-1 ންނެވެ. މެޗްގެ 6 ވަނަ މިނެޓްގައި ހަނިމާދޫ ޓީމްވަނީ ގޯލެއްޖަހައި ލީޑް ނަގާފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމިފައިވަނީ 2-1 ން ހަނިމާދޫ ކުރީގައި އޮވެގެންނެވެ. ހިރިމަރަދޫ ޓީމުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އުފެއްދި ހަމަލާތަކުން ގޯލެއް ކާމިޔާބު ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗް ނިމެން ކައިރިވެފައިވަނިކޮށް ހަނިމާދޫއިން އިތުރު ގޯލެއްޖަހައި ލީޑް އިތުރަށް ފުޅާކުރުމެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަނިމާދޫ ޓީމްގ ދެވަނަ ގޯލް ޖެހި އެޓީމްގެ ޖ.ނަމްބަރ 4 އިބްރާޙީމް ޚަލީލް (ހައްލަ) އެވެ.

ހަނިމާދޫ ޓީމް މިވަގުތުު އޮތީ ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕް އެކެއްގެ އެއްވަނާގަ އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ޒިގްޒެގް ފޮރ ޔޫތް ލިންކޭޖް އަދި ނޮޅިވަރަމްފަރެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.