ލިޔުނީ: މީމް.މީމް

ރާއްޖޭގެ މޫދާ ވެލިގަނޑާ ދިމާވާ ހިސާބަށް ކިޔަނީ “ގޮނޑު” ދޮށެވެ. ކުރީ ޒަމާނުގައި އަހަރެމެން ކުނިއަޅަނީވެސް އެތަނަށެވެ. އެހެން ހުއްޓާ 70ގެ އަހަރުތަކުގައި ޓުއަރިޒަމް ފެށި އެއްކަލަ “ގޮނޑު” ދޮށް ސާފުކޮށްލާ އޭގެ ނަލަކަން އިޓަލީ ބަޔަކަށް ފެނިގެން ބައިވަރު ފައިސާދީފައި އެ ގޮނޑު ދޮށް ތަޖްރިބާ ކުރަން އަންނަން ބޭނުންވެއްޖެއެވެ. އެހިސާބުން ފެށުނީ ރާއްޖޭގެ ތާރީޚު ދެކެފައި ނުވާފަދަ އިގްތިސާދީ ކުރިއެރުމެކެވެ. ދެން މިދުވަސްކޮޅު މި ދެކެވެނީ ކުޅިއެއްގެ ވާހަކައެވެ. ގޮޑުދޮށް ފަދަ ބަހެއް ކުޅިއަށް ނުކިޔަސް އެތަނަކީވެސް މަދިރި ގިނަ، ހަޑި މުޑުދާރު، ތަނެއްކަމަށް ސިފަކޮށްދީފައިވާތަން ފެނެއެވެ. މީހުން އުޅޭ ބައެއް ބޮޑެތި ރަށްރަށުގައި މިފަދަ ކުޅިތައް ގިނައެވެ. އެކަމަކު އެއީ މާ ޚާއްސަ ތަނެއްތޯ ނުވަތަ އިގްތިސާދީ މާ ބޮޑު ބޭނުމެއް އޮތް ތަނެއްތޯ ބައެއް ދިވެހިންނާ އަދި އެއްކަލަ އިޓަލީ ނުވަތަ އެނޫންވެސް ބޭރުގައުމެއްގެ މީހަކާ ސުވާލުކޮށްފިނަމަ ލިބޭ ޖަވާބާ މޫނުމައްޗަށް އަރާ ކުލަވަރު ތަފާތު ވެދާނެއެވެ.

ކުޅުދުއްފުށީ ކުޅި

ކުޑައިރު ވަރަށް ދުރުގައި އެކަހެރިކޮށް އޮންނަ ރަނުގެ ރަށެއްގެ ފްލޯކް ވާހަކައެއް އަޑުއަހަމެވެ. އެތަނުގައި ވެއްޔަކަށްވެސް ހުންނަނީ ރަންކަމަށް ވެއެވެ. މާދުރު ޝަހަރަކުން އެތަނަށް މީހަކަށް އާދެވިގެން އެތަނުން “ވެލި” މުށެއް ފަދަ އަގުނެތް އެއްޗެއް، މާ އަގުހުރި އެއްޗަކަށް ހަދައިގެން ގެންދަން އުޅުމުން، ރަނުގެ ޝަހަރު މީހުންނަށް ހެއްވާކަމަކަށްވެ ހައިރާންވި ވާހަކައެވެ.

ދިވެހިންނަށް މިއުޅެވެނީ “މުތީތަކެއް” ފަދަ ރީތި ރަށްތަކެއްގައިކަން ދިވެހިންނަށް އިހްސާސް ވޭބާވައެވެ؟ އަދި ދިވެހިންނަށް ދިވެހި ބިމުގައި މިއުޅެވެނީ ބިލިއަނަރުންގެ ހުވަފެނީ ދިރިއުޅުން ކަންވެސް އިހްސާސް ވޭބާވައެވެ؟ އެ ބިލިއަނަރުން ދިވެހި ބިމުގައި ބީހިލަން ދުވާލަކަށް ހާހުން ޑޮލަރު ދީފަވެސް އެބަ އާދެއެވެ. މުޅި ހަޔާތުން ރައްކާކުރެވުނު ފައިސާކޮޅު ހިފައިގެން އުމުރުން އެއްފަހަރު ނަމަވެސް ދިވެހިރާއްޖެ ދެކިލަން އެބައާދެއެވެ.

ސުވާލަކީ ދިވެހިންނަށް ދިވެހިން ބޭނުންވާ ތަރައްޤީ ލިބެން އޮތީ މި ރީތިކަމަށް ފަސްއަޅައިގެން ތޯއެވެ؟ މިރީތިކަމުގެ ބަދަލުގައި ކޮންކްރީޓުން އަޅާ “ތަރައްޤީގެ” ވަސީލަތަކުން ދިވެހިން ބޭނުންވާ ފައިދާ ނެރެވިދާނެތޯއެވެ؟ ދިވެހިން ބޭނުންވަނީ ކޮންކަހަލަ ތަރައްޤީއެއް ތޯއެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދިފައި ނެތަސް ތަރައްޤީއަކީ “ކޮންމެ މީހަކަށްވެސް އެމީހެއްގެ ޤާބިލްކަން އެންމެ މަތީ ދަރަޖައަކަށް ބޭނުންކުރެވޭނެ ކުޅަދާނަކަން ލިބި އެކުޅަދާނަކަމުން ދުޅަހެޔޮ ދިރިއުޅުމެއް ލިބުން” ކަމާއި ތަރައްޤީއަކީ މިއަދުގެ ޖީލުގެ ބޭނުންތަކަށް މާދަމާގެ ޖީލުގެ ވަސީލަތްތައް ގުރުބާންނުކުރާ އެވަސީލަތްތައް ދަމަހައްޓާ އަދި ރައްކާތެރިކަމާއެކު ރައްދުކޮށްދޭ އެއްޗެއްކަމަށް ދުނިޔެ ވަނީ އެއްބަސްވެފައެވެ. މިގަރުނުގައި އެކުވެރި ދައުލަތްތަކުން މިގޮތަށް އެއްބަސްވިޔަސް، މީގެ ސާދަސައްތަ އަހަރު ކުރިން އަހަރެމެންނަށްވަނީ އެ އިރުޝާދު ލިބިފައެވެ. އެގޮތުގައި އަހަރެމެން ހިފާނަމަ ގުދުރަތުން ލިބިފައިވާ ނިޢުމަތްތަކަށް އަހަރެމެން ފުރަގަހެއް ނުދޭނެއެވެ.

 

avatar
2 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
2 Comment authors
rrrrAli Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

rrrr
rrrr

ކަލޭ ތިޔަ ބުނަނީ ނިއުމަތް ދެއްވަނީ ޔާމީނޭތަ؟ ކުފުރު ވެދާނެ!

Ali
Ali

visnaalabala mithan kunialhaa godhavah vaan baavaaneetha noo nee mi haaru libay niumathan furagas dheyneetha mi ee fas aharakun eh faharu ahna niumathakah viyas tharah geeaa thauzeebah balaanama rasahlibey kurierumeh adhi rasah vanna aamudhanee visnaabayakah iburatheh