ހދ.އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތް (ސްކައި) ކަށަވަރުކޮށްފިއެވެ.

ސެމީފައިނަލުން ސްކައި ޖާގަ ލިބުނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ޒިގްޒެގާ ވާދަކޮށް 1-1 ން އެއްވަރު ވުމުންނެވެ. ފޯރިގަދަ މިމެޗްގެ ފުރަތަމަ ގޯލް ސްކައި އިން ޖަހާ ލީޑް ނަގާފައިވަނިކޮށް ފަހަތުން އަރައި ޒިގްޒެގުންވަނީ ގޯލެއް ޖަހައި ހަމަހަމަކޮށްފައެވެ. އިއްޔެގެ މެޗްގައި ސްކައިގެ ޖ.ނަމްބަރ 17 އިބްރާޙީމް ޠާއިފް (ރޮނާ) އަށްވަނީ ރަތް ކާޑު ދައްކާފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކައިގެ ޖ.ނަމްބަރ 13 އަޙްމަދު މުޙައްމަދު (ބަހީ އައްމަޑޭ) އެވެ.

އެގްރޫޕްގެ ގްރޫޕް ސްޓޭޖް މެޗްތައް އިއްޔެ ނިމިފައިވާއިރު، އެއްމެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެގެން 4 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނަ ލިބިފައިވަނީ ސްކައި އަށެވެ. ގްރޫޕްގެ ދެވަނަ ލިބިފައިވަނީ ދެމެޗުން ވެސް އެއްވަރު ވެގެން 2 ޕޮއިންޓް ލިބިފައިވާ ޒިގްޒެގެވެ. ގްރޫޕްގެ އެންމެ ފަހަތުގައި އޮތީ އެއްމެޗުން އެއްވަރުވެ، އެއްމެޗުން ބަލިވެ، 1 ޕޮއިންޓާއެކު ނޮޅިވަރަންފަރެވެ.

ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި މިއަދު ބައްދަލުކުރާނީ ގްރޫޕް 3 ގެ ދެޓީމް ކަމަށްވާ ކުޅުދުއްފުށީ ކްލަބް ކޮރަލްސް އަދި ނޮޅިވަރަން ކްލަބް ތިލަދުންމަތިއެވެ. މިދެޓީމްވެސް ވަނީ މީގެކުރިން ކުޅުނު މެޗް ކާމިޔާބުކޮށް 3 ޕޮއިންޓް ހޯދާފައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.