ހދ.އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކްލަބް ކޮރަލްސް ހޯދައިފިއެވެ.

ކޮރަލްސް ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗްގައި ހިރިމަރަދޫއާ ވާދަކޮށް 4-0 ން ކާމިޔާބުކޮށްގެންނެވެ.

މިއަދު މެޗްގެ ފުރަތަމަ ހާފްގައި ކޮރަލްސްއިންވަނީ  2 ގޯލްޖަަހައި ލީޑް ނަގާފައެވެ. އަދި ފަހުހާފްގެ 2 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން 3 ވަނަ ގޯލް ޖަހާފައިވާއިރު،. އިތުރު ގޯލެއްޖަަހައިވަނީ 4 ގޯލްގެ ފުޅާ ލީޑެއް ނަގާފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮރަލްސްގެ ޖ.ބަމްބަރ 21 ޒައިދު މުޙައްމަދެވެ.

ނޮވެމްބަރ 2 ވާ ބުރާސްފަތި ދުވަހު ހަވީރު ކުޅޭ ފައިނަލް މެޗްގައި ބައްދަލުކުރާނީ ކޮރަލްސް އަދި ސްކައި އެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.