ކުޅުދުއްފުށީ ޑަބްލިޔު ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

 ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފުޓަސަލް އެރީނާގައި ރޭފެށި މި މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ވިކިންގްސް އަދި އޭޑީކޭ ސީސީއެވެ. މިމެޗް 2-1 ން ކާމިޔާބުކުރީ ވިކިންގްސްއެވެ.

ރޭގެ ދެވަނަ މެޗްގައި ކުޅުދުއްފުށީ ޔޫތް އެންޑް ރެކްރީއޭޝަން ކްލަބް (ކޭވައިއާރުސީ) އާއި ބީ12.އެމްވީ ބައްދަލުކޮށް 1-0 ން މެޗް ކާމިޔާބުކުރީ ކޭވައިއާރުސީއެވެ.

ދެ ގްރޫޕަކަަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ގްރޫޕް އޭގައި ހިމެނެނީ ޓީމް ވިކިންގްސް، އޭޑީކޭ ސީސީ، ކޭވައިއާރްސީ އަދި ބީ12 އެމްވީ އެވެ. ގްރޫޕް ބީގައި ހިމެނެނީ ޓީމް އޭއީސީ، އަމީރު އަމީން، އަފީފުއްދީން ސްކޫލް އަދި ޓީމް ބިއާޑް އެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz