އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ކުޅުދުއްފުއްޓަށް އިއްޔެ ތަޢާރަފްކޮށްފިއެވެ.

އުރީދޫ ކުޅުދުއްފުށީ އެކްސްޕީރިއެންސް ސެންޓަރ ކުރިމަތީ އަމީނީ މަގުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކުޅުދުއްފުއްޓަށް މިޚިދުމަތް ތަޢާރަފްކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ޚާން އާއި، ޓެލެކޮމް އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަޙްމަދެވެ.

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ކުޅުދުއްފުއްޓަށް ތަޢާރަފްކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ޒަމާނީ ތަރައްގީއަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ހިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ކުޅުދުއްފުށީގައި ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫ އިން ބުނީ އެ އޮފާގެ ދަށުން މި އަހަރުގެ ނިޔަލަށް އުރީދޫގެ ސުޕަނެޓްގެ ޚިދުމަތް ހިޔާރު ކުރާ ފަރާތްތަކަށް ފުރަތަމަ ތިން މަހުގެ މަހުފީ އިން 25 ޕަސަންޓުގެ ގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

ކުޅުދުއްފުއްޓަށް ސުޕަރނެޓް ނެޓްވަރކް ފުޅާކޮށްދިނުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕަރޓްނަރ އަކީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑް އެވެ. ސުޕަނެޓްގެ ޚިދުމަތް ހޯދުން އިތުރަށް ފަސޭހަ ކޮށްދިނުމަށްޓަކައި، އުރީދޫ އިންވަނީ ސުޕަނެޓް ރައުޓާ ގަތުމަށް ޚާއްޞަ، 12 މަހުގެ އިންޓަނެޓް ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ.

އުރީދޫ ސުޕަނެޓް ޚިދުމަތް ހޯދުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މަޢުލޫމާތު www.ooredoo.mv/supernet އިން ލިބޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz