މިއަދު ހަވީރު މާލެދާން ފުރަން އުޅުނު ބާދުޝާހް ބޯޓް ކުޅުދުއްފުށީ ފަޅުތެރެއަށް ބީހިއްޖެއެވެ.

ބާދުޝާހް ބޯޓް ބީހިފައިވަނީ ހަވީރު 5:00 ގައި މާލެދިއުމަށްޓަކައި ކުޅުދުއްފުށީ ފަޅުން ނުކުންނަން އުޅެނިކޮށެވެ. ބޯޓް މިވަގުތު އޮތީ ކުޅުދުއްފުށީ އުތުރު ބަނދަރުގެ ކަނޑިންމައާ ދިމާ ފަޅުތެރޭގައެވެ.

ބާދުޝާޙް ބޯޓުން މަޢުލޫމާތު ދިންގޮތުގައި ދިޔަވަރު ލިބިގެން އެންމެ އަވަހަށްވެސް ފުރޭވަރުވާނީ އިރުއޮސްފުހި 6:30 ހާއިރުއެވެ. އެބޯޓްގައި ސަތޭކަ ފަންސާހެއްހާ ޕަސެންޖަރުން އެބަތިބިކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެކުރިންވެސް ބައެއް ބޯޓް ފަހަރު ކުޅުދުއްފުށީ ބަނދަރަށް ބީހިފައިވެއެވެ. ކުޅުދުއްފުއްޓަކީ މާލެއާއި ދެމެދު ދަތުކުރުކުރާ އެންމެ ބޮޑެތި ބޯޓްފަހަރު ދުއްވާ އެއްރަށެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz