ހދ.ނޭކުރެންދޫ ޑެކަޑަން ކަޕްގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ހިރަފުސް ހޯދައިފިއެވެ.

ހިރަފުސް ޓީމް ޗެެމްޕިއަންކަން ހޯދާފައިވަނީ ނޭކުރެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗްގައި ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާ ވާދަކޮށް 1-0 ން މެޗް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗްގައި ޖެހި ހަމައެކަނި ގޯލްޖަހައި، މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ ހިރަފުސް ޓީމްގެ ޖ.ނަމްބަރ 77 އަސްލަމް މުޙައްމަދު (ލަމްބޯ) އެވެ. އޭނާ ވަނީ މެޗްގެ 19 ވަނަ މިނެޓްގައި ގޯލެއްޖަހައި މެޗްގެ ލީޑް ހިރަފުހަށް ނަގައިދީފައެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން:

– އަބުދުލް ރަޝީދު ހުސެއިން (ބިގޭ) / އައްޒަ 77
– އިބުރާހިމް ހުސެއިން / ހިރަފުސް
– ޒައިދު މުހައްމަދު / ކޮރަލްސް
– އަސްލަމު މުހައްމަދު / ހިރަފުސް
– އާދަމް ވަހީދު ހުސެއިން / އެކްސް ޒީރޯ (ނޭކުރަންދޫ)

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ހިރަފުސްގެ ކޯޗު، އަސްރަފު މުހައްމަދެވެ. 6 ގޯލް ޖަަހައިގެން މުބާރާތުގައި އެންމެ ގިނަލް ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އައްޒަ77 ގެ ހުސައިން އަބްދުއްރަޝީދުއެވެ.

ޖުމްލަ -/53000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މި މުބާރާތުގައި ހދ.އަތޮޅުގެ 3 ރަށަކުން 8 ޓީމް ބައިވެރިވެފައިވާއިރު، -/53000 ރުފިޔާ ލިބިފައިވައިނީ ކުޅުދުއްފުށީ ޓީމްތަކަށެވެ. އެގޮތުން ޗެމްޕިއަންކަން ހޯދައިގެން -/25000 ރުފިޔާ ހިރަފުސް ޓީމަށް ލިބިފައިވާއިރު، ރަނަރަފް ކްލަބް ކޮރަލްސްއަށް -/18000 ރުފިޔާ އަދި 3 ވަނައަށް ހޮވުނު އައްޒަ77 އަށް ވަނީ -/10000 ރުފިޔާ ލިބިފައެވެ.

ނޭކުރަންދޫގެ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޑެކަގަން ސްޕޯޓޯސް ކްލަބުން އިންތިޒާމްކޮށްގެން ބޭއްވި މިމުބާރާތުގެ މެއިން ސްޕޮންސރ އަކީ ނާސާލިންކް ޕްރައިވެޓް ލިމިޓެޑެވެ.

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
umar Recent comment authors

This site uses Akismet to reduce spam. Learn how your comment data is processed.

umar
umar

ސަޅި