މިރޭ އެކްސްިޑެންޓްވީ ސަރަހައްދުގައި 2015 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގެތެރެއިން / ފޮޓޯ: ފައިލް

 ސައިކަލަކާއި، ބައިސްކަލެއްޖެހި ކުޅުދުއްފުށީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު އިރުއޮއްސި 6:30 ހާއިރު ކުޅުދުއްފުށީ އަމީނީމަގުގައި، ބަރަބޯމާގެ ކަންމަތީ ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ އަމީނީމަގުން  ދެކުނަށްގޮސް މާލިހާ މަގަށް ވަންނަން އުޅުން ބައިސްކަލް ދުއްވި ފިރިހެނަކަށާއި، އަމީނީ މަގުން ދުއްވާފައި ދިއަ ސައިކަލް ދުއްވި އަންހެނަކަށެވެ.

ބައިސްކަލް ދުއްވީ ކުޅުދުއްފުށީ ނަލަހިޔާގެ، އަޙްމަދު ވަޙީދު (64އ) އެވެ. އޭނާގެ މަތީ ދަތްޕިލައިން ދެ ދަތެއް ބިނދިފައިވާއިރު، ކަނާތު ކުޑަ ހުޅު ބިންދައިގެން ގޮސްފައިވާކަމަށް މަޢުލޫމާތުލިބެއެވެ. ސައިކަލް ދުއްވި އަންހެން މީހާގެ އަނގަމަތި ފަޅައިގެން ގޮސް އަތާއި ފަޔަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ. ސައިކަލްގެ ފަހަތުގައި ވެސް އަންހެނެއް އިންއިރު، އޭނާއަށް އަނިޔާއެއް ނުވާކަމަށް މަޢުލޫމާތުލިބެއެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފަރުވާދެމުންނެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ މި އެކްސިޑެންޓް ތަޙްޤީޤްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz