ކުޅުދުއްފުށީގައި ހުންނަ ލަކުޑި ގުދަނަކުން ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތި --ފޮޓޯ: ފައިލް

ކުޅުދުއްފުށީ މަބުސްތާނުގެ ފަޅާލައި، ވައްކަން ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެގެއިން ވައްކަންކޮށްފައިވަނީ މިރޭ 7:00 އާއި، 9:00 އާ ދެމެދުގެ ވަގުތެއްގައެވެ. ކަރަންޓް ދެބުރުމާއާއި، 2500 ރުފިޔާއާއި، 700 އެމެރިކާ ޑޮލަރު އަދި ދިއްލަން ބޭނުންކުރާ ބޮކި ފަދަތަކެތި ވަނީ ވަގަށް ގެންގޮސްފައެވެ.

އެގެއަށް ވަގު ވަދެފައިވަނީ ދޮރުގެމަތީގައި ހުރިތޭރިތަކެއް ކީއްސާލައިގެން ދޮރު ހުޅުވައިގެންކަމަށް މަޢުލޫމާތުލިބެއެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަޙްޤީޤްކުރަމުންނެވެ. އެގެ ހުންނަ ސަރަހައްދަކީ ހަނި ގޯޅިތަކެއް ހިމެނޭ ސަރަހައްދެއްކަމުން ވެހިކަލްގައި ޕެޓްރޯލްކުރާ ފުލުހުންނަށް އެސަރަހައްދު ޕެޓްރޯލްކުރުމުގައި ދަތިކަން ދިމާވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz