ކުޅުދުއްފުށީ އެއާޕޯޓް އަޅާ ސަރަހައްދު / ފޮޓޯ: އިރުޝާދު އަބްދުއްރަޙްމާން

ހދ. ކުޅުދުއްފުށީ އެއާޕޯޓާއި، ށ.ފުނަދޫ އެއާޕޯޓްގެ އިމާރާތްތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްއިން މިއަދު އިޢްލާންކޮށްފައިވަނީ ޓާމިނަލްގެ އިތުރުން ފަޔަރ އެންޑް ރެސްކިއޫ ބިލްޑިން އާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރ އަޅައިދޭނެ ފަރާތެއް ހޯދުމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން، އެމްޓީސީސީއިން މަހާ ޖައްރާފު ބޭނުންކޮށްގެން ހިއްކައި ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެއެވެ. ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ދެ އެއާޕޯޓަކީ ވަކި ބަޔަކަށް ހަވާލު ނުކޮށް، ސަރުކާރުން ހަރަދުކޮށްގެން ތަރައްޤީ ކުރުމަށް ނިންމާފައިވާ ދެ އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz