ހދ.އަތޮޅު ފެރީއެއް ކުރިނބީ ފަރަށް އަރައިފިއެވެ.

މިއަދު ހެނދުނު 8:00 ހާއިރު ކުރިނބީ ފަރުމައްޗަށް އަރާފައިވަނީ އެރޫޓްގައި ދުއްވާ ޙާޞިލް ނަމަކަށް ކިޔާ ފެރީއެކެވެ. ފެރީ ފަރަށް އެރީ ކުރިނބީއިން ނިކުމެގެން ކުޅުދުއްފުއްޓަށް ދަތުރުކުރަނިކޮށެވެ. ފެރީގެ ކެޕްޓަން މަޢުލޫމާތު ދިންގޮތުގައި ފަރަށް އެރީ އިންޖީނަށް ޑީސަލް ފޮނުވާ ހޮޅިއަށް މައްސަލައެއް ދިމާވެގެން އުޅެނިކޮށް ރާޅަކާއެކުއެވެ.

ފެރީގައި އެވަގުތު 80 އަށްވުރެ ގިނަ މީހުން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ.

ދޯންޏެއްްގެ ކަފުޖަހައިގެން ފެރީ މިހާރުވަނީ ފުންކޮށްފައެވެ. ފެރީއިން ދަތުރުކުރި މީހުން މިހާރު ކުރިނބީއަށް ބާލާފައިވާއިރު، އެމީހުން ބަލާ އިތުރު ފެރީއެއް މިހާރުދަނީ ކުރިނބީއަށް ދަތުރު ކުރަމުންނެވެ.

އެރޫޓްގައި ހިމެނެނީ ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނާވައިދޫ އަދި ކުރިނބީ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz