ކުޅުދުއްފުއްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހދ ކުޅުދުއްފުށީ، އެލްޕާސޯ / މޫސާ ޢާލީ އަވަހާރަވެއްޖެ އެވެ.

މޫސާ ޢަލީ އަވަހާރަވީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގައި، އުމުރުފުޅުން 79 އަހަރުފުޅުގައެވެ. އެބެފުޅާ އަވާހާރަވީއިރު 6 ފިރިހެން ބެފުޅުންނާއި، 5 އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

މޫސާ ޢަލީ އެންމެފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ކ.ހ ( ކާޑު ހައްދާ ) އޮފީހުގެ 1 ނަމްބަރ ކާތިބުކަމުގެ މަޤާމެވެ. އޭގެ އިތުރުން ވުޒާރަތުލް ތިޖާރާ ވަށްތަންވީންގެ ކާތިބުކަމާއި، ކުޅުދުއްފުށީ މަދަރުސަތުލް އަމީރު އަމީންގެ މުދައްރިސްކަމާއި، ނާޡިރުކަމުގެ އިތުރުން ކުޅުދުއްފުށީ ކުޑަކަތީބުކަމާއި، ކަތީބުކަން ކުރައްވާފައިވެއެވެ. މީގެއިތުރުންވެސް މުދިންކަމާއި، އިމާމްވެ ހުކުރު ކުރެއްވުމާއި، ޖަމާއަތްތެރިކަން އަދި އިޖްތިމާއީ އެކި މަސައްކަތްތައް މޫސާ ޢަލީ ވަނީ ކުރައްވާފައެވެ.

މޫސާ ޢަލީ އަކީ ކުރެހުމާއި ޑިޒައިން ކުރެއްވުމަށް މޮޅު އާޓިސްޓެކެވެ. ޅެން ހެދުންފަދަ ދިވެހި އަދަބިއްޔާތަށް ޝައުޤުވެރިވެ ވަޑައިގެން ޅެންހައްދަވާ އުޅުއްވި ބޭފުޅެކެވެ. ކިޔަވައިދެއްވި އެދުރެކެވެ.

މުސާ އަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ފުރުޤާން މިސްކިތުގައެވެ..

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz