ޑަބްލިޔު ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން، އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާރޗް 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ހަމައެކަނި ފިރިހެނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ޑަބްލިޔު ސްޕޯޓް އެކަޑެމީގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެ އެކަޑަމީއިން މަޢުލޫމާތުދެއެވެ.

މިމުބާރާތުގައި އޮފީހުން ބޭރު 3 ކުޅުންތެރިއެއް ހިމެނުމުގެ ފުރުޞަތު އޮންނައިރު،  އެތަނުން އެއް ކުޅުންތެރިއަކު ވާންވާނީ ކުޅުދުއްފުށީގެ ކުޅުންތެރިއަކަށް ކަމަށާއި އަދި 2016 ، 2017 ވަނަ އަހަރު ގައުމީ ވޮލީބޯލް މުބާރާތުގައި ކުޅިފައިވާ ކުޅުންތެރިއެއް ޓީމް ގައި ނުހިމެނޭނެކަމަށް މުބާރާތް އިންތިޒާމްކުރާ ޑަބްލިޔު ސްޕޯޓްސް އެކަޑަމީއިން ބުނެއެވެ.

މި މުބާރާތުގެ މަގުސަދަކީ ރަށުގައި ވޮލީ އާލާކޮށް، ޒުވާނުންގެ މެދުގައި ވާދަވެރި ކުޅިވަރަކަށް ހެދުމާއި މި ކުޅިވަރާމެދު ޒުވާނުންގެ ހިތުގައި ލޯބި ޖެއްސުންކަމަށް ޑަބްލިޔު ސްޕޯޓް އެކަޑަމީން މައުލޫމާތު ދެއެވެ.

 

avatar

This site uses Akismet to reduce spam. Learn how your comment data is processed.