ތިޖޫރީ ހުރިތަނުން ހުސްވަޅުގަނޑެއްނޫނީ ނުފެންނާނޭ

            ހަޖޫޖެހުމުގެ ގޮތުންނަމަވެސް ޢުުމަރު އެބުނީ ދޮގެއްނޫނޭ

ޢުމަރު ގެންގުޅުނު ހަރުގަނޑަކުން އަރާގެން ފެނިފަނެތް ނަމަވެސް

            އެވަރު އެއްޗެއް ބުނަންއެނގުނީ ނުވިސްނާ ހުރެފައެއްނޫނޭ

ނަގާ ލޯނާއި އޯޑީއާ ރިބާ އެކުވާގޮތުންނޫނީ

            ނަގާފާނެތްކަމުން ވަޅުގަނޑު އަބަދުވެސް ބޮޑުވަމުންދާނޭ

އެއިން އެއްބައިލަނީ ޖީބަށް އަނެއްބައި އެކުވެރީންނަށްދީ

            އެއިން ދެންހުރި ބައިން ޕްރޮޖެކްޓްތައް ނިންމޭވަރެއްނޫނޭ

އަލުން ބަޖެޓެއް ނަގައިގެންނޫން ގޮތެއްގައި ޕްރޮޖެކްޓް ނިނިމޭތީ

            ވަމުންދާގޮތް ބަލަން ތިބުމީ ކުރަންވާވަރު ކަމެއްނޫނޭ

ނެތޭ ހަމައެއް އުޞޫލެއް ކަނޑައަޅާ ހިންގާފަ ޤާނޫނެއް

            ގޮތޭމީ މިއަދު ހިނގަމުންދާ މިކަން މުޅިދުނިޔެ ހެކިވާނޭ

މިތާހުރި ބާރުތައް އަތްމަތިކުރައްވާ ކަންކުރައްވާގޮތް

            ހިތާ ފިތަކާއި އޮތް މީހެއް ބަލަންހުރެވޭ ވަރެއްނުނޭ

ފިކުރުކޮށް ވިސްނުމުން އެނގުނީ މިޤައުމަށް ހެޔޮއެދޭނަމައީ

            އިތުރު ފުރުޞަތު އަލުން ދިނުމީ ކުރަންވާވަރު ކަމެއްނޫނޭ

މިތާ އެންމެން އެކީގުޅިގެން ރުހޭ އެންމެއެކަކު ނެރެގެން

            މިތާ ހާލަތު ބަދަލުކުރުމީ ނުކޮށްވާވަރު ކަމެއްނޫނޭ

ޅެން: އަބޫ ޢަބްދުﷲ

avatar

This site uses Akismet to reduce spam. Learn how your comment data is processed.