ހދ.އަތޮޅު ޤުރުއާން މުބާރާތުގައި އަތޮޅުގެ 11 ރަށަކުން ބައިވެރިވެފައިވާކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

ހދ.އަތޮޅު ކައުންސިލުން މަޢުލޫމާތުދޭގޮތުގައި އަންނަ އޭޕްރީލް މަހުގެ 5 ން 7 ށް ހދ.މަކުނުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެތެރެއިން 11 ރަށަކުން  ޖުމްލަ 128 ދަރިވަރުން ބައިވެރިވެފައިވެއެވެ.

2011 ވަނަ އަހަރުން ފެށިގެން ހދ.އަތޮޅު ކައުންސިލް އިދާރާއިން ބާއްވަމުން އަންނަ މި މުބާރާތުގައި މިހާތަނަށް ބައިވެރި ނުވާކަމަށް ފާހަގަކުރެވިފައިވަނީ ހިރިމަރަދޫ އަދި ފިނޭއެވެ. ނަމަވެސް 2016 ވަނަ އަހަރުގެ މުބާރާތުގައި ހިރިމަރަދޫ ބައިވެރިވެފައިވެއެވެ.

މިދިއަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތް ހދ.ނެއްލައިދޫގައި ބާއްވާފައިވާއިރު، އެމުބާރާތް ކާމިޔާބުކުރީ ވައިކަރަދޫއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz