ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު (ސްކައި)އާއި، ހިރަފުސް އަދި ، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަޢްރޫފް އަޙްމަދު (މާއްޓޭ) އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން  ބާއްވާ އެފް.އޭ.އެމް ގްރާސްރޫޓް ކޯޗިންގ ކޯހެއް ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި މާރޗްގެ މަހުގެ 22 ވަނަ ދުވަހު ކުޅުދުއްފުށީގައި ފެށި މިކޯހުގައި 20 ބައިވެރިންދަނީ ތަމްރީން ހޯދަމުންނެވެ. މި މާރޗްމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދެއްވަނީ އެފްއޭއެމްގެ އޭ ލައިސަންސް ކޯޗެއް ކަމުގައިވާ އަހްމަދު ޝަރީފް (ޑޫންގާ) އަދި މާއްޓޭއެވެ.

މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ކުޅުދުއްފުށީގައި މާއްޓޭ ފެށުމަށް ތައްޔާރުވަމުންދާ ފުޓްބޯޅަ އެކަޑަމީއަށް ބޭނުންވާ ކޯޗުން ތަމްރީންކުރުމާއި، ކުޅުދުއްފުށީގައި ފުޓްބޯޅައަށް ޤާބިލް ޖީލެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.

މާއްޓޭ އެކަޑަމީގައި ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، އެކަޑަމީގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް މި މާރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ސޭމް ސްޕޯޓްސް ފިހާރައިން ދޫކުރުމާއި، ބަލައިގަތުން ކުރިއަށްދާނެކަމަށް ސްކައި އިން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz