ސޮސައިޓީ ފޯރ ކުޅުދުއްފުށީ ޔޫތު (ސްކައި)އާއި، ހިރަފުސް އަދި ، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މަޢްރޫފް އަޙްމަދު (މާއްޓޭ) އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ އެފް.އޭ.އެމް ގްރާސްރޫޓް ކޯޗިންގ ކޯސް ނިންމުމުގެގޮތުން ބާއްވާ ފުޓްބޯޅަ ފެސްޓިވަލްގައި ބައިވެެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސްކައި އިން މަޢުލޫމާތު ދިންގޮތުގައި މި ފެސްޓިވަލް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު ހަވީރު 4:00ން 6:00 ށް ހިރަފުސް ދަނޑުގައެވެ. ފެސްޓިވަލްގައި ބައިވެެރިވާން ބޭނުންވާ 6 އަހަރާއި 12 އަހަރާ ދެމެދުގެ ދެޖިންސްގެ ދަރިވަރުންނަށް ބާއްވާ ރިހާސަލް  26 ވަނަ ދުވަހު ހަވީރު 4:00 ގައި ހިރަފުސް ދަނޑުގައި އޮންނާނެކަމަށާއި، އެއުމުރުފުރައިގެ ދެޖިންސްގެ ދަރިވަރުން ފުޓްބޯޅަ ކުޅޭކިޓްގައި ދަނޑަށް ގެންގޮސްދިނުމަށް ބެލެނިވެރިންގެ ފަރާތުން އެދޭކަމަށް ސްކައި އިން ބުނެއެވެ.

ކުޅުދުއްފުށީގައި ފުޓްބޯޅަ އެކަޑަމީއެއް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މާއްޓޭ އެކަޑަމީގައި ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، އެކަޑަމީގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް މި މާރޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީ ސޭމް ސްޕޯޓްސް ފިހާރައިން ދޫކުރުމާއި، ބަލައިގަތުން ކުރިއަށްދާނެކަމަށް ސްކައި އިން މަޢުލޫމާތުދެއެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.