ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ޔުނިވާރސިޓީ ގެ ސްކޫލް އޮފް ނާރސިންގެ ދަރިވަރުން ހދ. ކުޅުދުއްފުށީގައި ހަރަކާތް ތަކެއް ހިންގައިފިއެވެ.

މިގޮތުން ހިންގި ފުރަތަމަ ހަރަކާތަކީ ކުޅުދުއްފުށީ ކެމްޕަހުގައި ޑިޕްލޮމާއިން ނާރސިންގ ކިޔަވަމުންގެންދާ ދަރިވަރުން އިންތިޒާމްކޮއްގެން ކުޅުދުއްފުށީގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހިންގި ސެމިނަރ އެކެވެ. މި ސެމިނާގައި މައުލޫމާތު ދިނީ މަސައްކަތުގެ މާހައުލުގައި ދިމާވާ ހާސްކަމާއި އެކަންކަމުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުންނެވެ.

ދެވަނަ ހަރަކާތަކީ ޤައުމީ ޔުނިވާރސިޓީ ސްކޫލް އޮފް ނާރސިންގ އާއި އަފީފުއްދީން ސްކޫލް ގުޅިގެން އަފީފުއްދީން ސްކޫލްގެ ދަރިވަރުންނަށް ހިންގި ކުޅިވަރު ކާނިވަލެކެވެ. މި ކުޅިވަރު ކާނިވަލުގައި އަފީފުއްދީން ސްކޫލުގެ ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނާއި ކީ ސްޓޭގް އެކެއް އަދި ދެޔެއްގެ 450 އެއްހާ ދަރިވަރުން ބައިވެރިވިއެވެ. މި ކުޅިވަރު ކާނިވަލްގައި ވޯޓަރ ސްލައިޑް އާއި އަދިވެސް ތަފާތް އެކްޓިވް ގޭމްތައް ކުރިއައްދިއައެވެ. އަދި ސިއްހަތާއިބެހޭ ލީފްލެޓް ބެހުމާއި ޕޯސްޓާރސްގެ ޒަރީޔާއިން ސިއްހީ އެކިމައުލޫމާތު ފޯރުކޮށްދެވުނެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި  ޤައުމީ ޔުނިވާރސިޓީ ކުޅުދުއްފުށީ ކެމްޕަކުގައި ކިޔަވަމުންދާ ސްކޫލް އޮފް ނާރސިންގެ 63 ދަރިވަރުންނާއި ސްކޫލް އޮފް ނާރސިންގ މާލޭ ކެމްޕަހުގެ 23 ދަރިވަރުންނާއި އަފީފުއްދީން ސްކޫލުގެ ބައެއް މުވައްޒަފުން ބައިވެރިވިއެވެ.

މިހަރަކާތްތައް އިންތިޒާމްކޮށް ހިންގުމުގައި ކުޅުދުއްފުށީ ކެމްޕަހާއި އެމް. އެން. ޔޫ ސްޓުޑެންޓްސް ޔުނިއަން ކުޅުދުއްފުށީ ގޮތްޕާއި އަފީފުއްދީން ސްކޫލުގެ މެނޭޖްމެންޓާއި ސްޓާފުންނާއި އެސްކޫލްގެ ހެލްތް އޮފިސަރގެ ވަރަށްްބޮޑު އެއްބާރުލެއްވުމެއްލިބިލެއްވިކަން ސްކޫލް އޮފް ނާރސިންގ އިން ފާހަގަކުރެއްވެވިއެވެ.

ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 7 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

avatar
wpDiscuz