މާއްޓޭ އެކަޑަމީގެ ފަރާތުން ކުޅުދުއްފުށީގައި ގްރާސްރޫޓް ފުޓްބޯލް ފެސްޓިވަލްއެއް ބޭއްވުމަށް ނިންމައިފިއެވެ.

މައުރޫފް އަޙްމަދު މާއްޓޭއާއި ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތް (ސްކައި) އަދި ހިރަފުސް ފުޓްބޯލް ޓީމް، އަދި  ގުޅިގެން ކުޅުދުއްފުށީގައި ހިންގާ މާއްޓޭ އެކަޑަމީގެ ފަރާތުން ބާއްވާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން އަންނަ ނޮވްމެބަރ މަހުގެ 24 ން 26ށް ހިރަފުސް ދަނޑުގައެވެ.

މިނޫހަށް މަޢުލޫމާތު ދެއްވަމުން މާއްޓޭ ވިދާޅުވީ މިފެސްޓިވަލްގައި މުޖްތަމަޢު ޝާމިލްވާގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެނެދެވޭެނެކަމަށެވެ. އަދި މި ފެސްޓިވަލާހިސާބުން އެ އެކަޑީމީގެ މިއަހަރުގެ ހަރަކާތްތައް ނިންމާލާއިރު، އަންނަ އަހަރުގެ ކަލަންޑަރ އިޢްލާން ކުރެވިގެންދާނެކަމަށްވެސް މާއްޓޭ ވިދާޅުވިއެވެ. އަދި ޚާއްޞާ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކުޅިވަރު ކުޅުމުގެ ފުރުޞަތު ހޯދައިދީ ކޮންމެ ކުއްޖަކީވެސް ބާކީވެގެން ނުގޮސް ކޮންމެސް ކުޅިވަރުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ފަހިކޮށްދެވިގެންދާނެކަމަށް މާއްޓޭ ވިދާޅުވިއެވެ.

މާއްޓޭ އެކަޑަމީގެ ހަރަކާތްތަކުގައި އަންހެން ބެލެނިވެރިންގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރަށްވަމުން މާއްޓޭ ވިދާޅުވީ މިފެސްޓިވަލްގެތެރެއިން އަންހެން ބެލެނިވެރިންގެ ފުޓްބޯޅަ މެޗެއްވެސް ފެނިގެންދާނެކަމަށެވެ. މާއްޓޭ އިތުރަށް ވިދާޅުވީ ޚާއްޞާ ދަޢުވަތެއްގެ ދަށުން ޑެންމާކްގެ ފުޓްބޯޅަ ކުޅުންތެރިއެއް މިފެސްޓިވަލްއަށް އަންނާނެކަމަށެވެ. އަދި ހިރަފުސް ޓީމަށް އޭނާ އެއްހަފުތާގެ މުއްދަތަށް އިރުޝާދެ ދޭނެކަމަށެވެ.

މާއްޓޭ ވިދާޅުވިގޮތުގައި މިފަދަ ފެސްޓިވަލްއެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އެ އެކަޑަމީގެ ދަރިވަރުންގެ ހުނަރު ދައްކާލުމާއި، މުޖްތަމަޢުގައި އުޅޭ އެހެނިހެން ކުދިންގެ ހުނަރުތައް ބަލާލުމަށް ފުރުޞާތު ހޯދައިދީ، މުޖްތަމައުގެތެރޭގައި އެއްބައިވަންތަކަން އާލާކުރުމެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.