ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް، ފައިސަލް ނަސީމް ރާއްޖޭގެ އުތުރަށް ޒިޔާރަތެއް ކުރައްވައިފި އެވެ. ފައިސަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިއްދުއަށް ވަޑައިގަތުމުން އެމަނިފާނަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާއި ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ކުރައްވަނީ ހއ. ދިއްދުއަށެވެ.

ކޭއެލްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިބު ރައީސްގެ މިދަތުރުފުޅަކީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އިންތިޒާމްކުރައްވައިގެން ދިއްދޫގައި ބާއްވާ ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް އަބްދުއްލަތީފް ދެއްވި ދައުވަތަކަށް ރައިބް ރައީސް ދިއްދޫއަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވެސް ނައިބު ރައީސް ފައިސަލްއާއި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިއްދޫގައި އޮންނަ މި މުބާރާތުގެ އެއްވަނަ ހޯދާ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށައަޅާފަ އެވެ. ނަމަވެސް އެއީ ހަމައެކަނި ދިއްދޫ ރައްޔިތުންގެ ތެރެއިން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ ހޯދާ ފަރާތަކަށް ކަނޑައެޅިފައިވާ އިނާމް އެކެވެ.

އަތޮޅުގެ އެހެން ރަށްތަކުން މުބާރާތުގައި ވާދަކޮށް އެއްވަނަ ހޯދާ ފަރާތަކަށް 15،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

avatar

This site uses Akismet to reduce spam. Learn how your comment data is processed.